Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ދުވަސްވީ މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރަށް

ވައިގެ މަގުން ރާއްޖެ އަށް މަސްތުވާތަކެތގި އެތެރެ ކުރުމުގެ ތުހުމަތު އުމޔރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 16 ވަނަ ދުވަހު ސްރީ ލަންކަން އެއާލައިންސް ރާއްޖެ އައި މީހާ ހައްޔަރުކުރީ ވެލާނާ އެއާޕޯޓުންނެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ހިތަދު އަށް ނިސްބަތްވާ 65 އަހަރުގެ ފރިހެނެކެވެ. އެ މައްސަލައިހައި އޭނަ ބަލައި ފާސްކުރުމުގެ ތެރޭގައި 3.49 ގްރާމްގެ ހެރޮއިން ފެނިފައިވެ އެވެ.

ކުރިން ވެސް ބަންދާއި ހައްޔަރުގެ ރެކޯޑް އޮންނަ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ އިރު، ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.