Last Updated: April 26, 20:05
Friday, April 26, 2024
އައްޑޫ ބަހުން

މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު އިސްތިއުފާ ދެއްވައިފި

މެލޭޝިއާާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފަޔާޒް (އެފްއޭ) މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރުކަމުން އިސްތިއުފާ ދެއްވިކަން ފަޔާޒް ހާމަކޮށްފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ފުލުހުންގެ ހިދުމަތުގައި 20 އަހަރު ހޭދަކުރައްވާފައިވާ ފަޔާޒަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް "ހަނގުރާމަވެރި ހަތިޔާރު" އެތެރެކުރުމުގެ ކުށުގެ ދައަވާ ސާބިތުކުރުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރި ޕެން ޑްރައިވްގައި ނާޒިމްގެ ޕްލޭންގައި ބައިވެރިވާ ކަމަށް ތުހުމަތުކޮށްފައިވާ ފަރާތެކެވެ.

"ހަނގުރާމަވެރި ހަތިޔާރު" އެތެރެކޮށް ދައުލަތުގެ އިސް ވެރިންތަކަކަށް ހަމަލާދިނުމަށް ރޭވި ކަމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައި ހުންނެވި ނާޒިމްގެ ޝަރީއަތުގައި ދައުލަތުން ހުށަހެޅި ޕެން ޑްރައިވްގައި ހިމެނޭ މައުލޫމާތުތަކުގައިވާ ގޮތުން ބޭރު ދުނިޔެއިން ބޭނުންވާ ކަންކަން ހަމަޖެއްސުމަށް "އެފްއޭ" ކިޔާ މީހަކު ހަރަކާތްތެރިވާނެ ކަމަށެވެ. އެފްއޭ ނުވަތަ ފަޔާޒްއަކީ ނާޒިމްގެ ވަރަށް ގާތް ބޭފުޅެކެވެ.