Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ހިތަދޫގައި މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

އައްޑޫ ހިތަދޫގެ ގެއަކަށް ބަޔަކު ވަދެ މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ރޭ ބުނީ ހިތަދޫގައި ދިވެހި އަނިޔާކުރި މައްސަލައެއް ރިޕޯޓުކުރީ އިއްޔެ ހެނުދުނު ކަމަށާއި އެމީހާ އަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. ފުލުހުން ބުނީ
ނަމަވެސް އޭނަ އަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.

މި މައްސަލާގައި އަދި މީހަކު ހައްޔަރު ވެސްކޮށްފައެއް ނުވެ އެވެ. އެކަމަކު ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.