Last Updated: July 13, 18:21
Monday, July 13, 2026
ޚަބަރު

ކުޅިވަރު ތަމްރީނަށް އިންޑިއާ އަށް ފޮނުވަނީ

ކުޅިވަރުގެ ދާއިރާތަކުން މީހުން ތަމްރީން ކުރަން އިންޑިއާ އަށް ފޮނުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މިކަމާ ގުޅޭ ގޮތުން ސްޕޯޓް މިނިސްޓަރު އަބްދުﷲ ރާފިއު މަޝްވަރާކުރެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާ އެލީ ބޭއްވި ބައްދަލުމެއްގަ އެވެ.

މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް ކަހަލަ ކުޅިވަރުތަކުގެ އެތުލީޓުން ދިގު މުއްދަތަށް އިންޑީއާގައި ބައިތިއްބައިގެން ތަމްރީން ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. މީގެ އިތުރުން ކުޅިވަރުގެ އެކި ދާއިރާތަކުން މީހުން ތަމްރީންކުރުމަށް ކުރެވިދާނެކަން ކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ..

މިނިސްޠަރު ހުށަހެޅުއްވި ކަންކަމާ ގުޅިގެން އިންޑިއާ ސަފީރު ވިދާޅުވީ އެ އިންތިޒާމުތައް ހަމަޖައްސައި ދެއްވުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ.