ސައުތު އޭޝިއާ ޓްރެވަލް އެވޯޑު (ސަޓާ) އެވޯޑުގެ ލީޑިން އެއާޕޯޓު ލައުންޖްގެ އެވޯޑު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ލީލި ލައުންޖަށް ލިބިއްޖެ އެވެ.
ވީއައިއޭގެ ލީލި ލޯންޖަށް މި އެވޯޑް ލިބިފައިވަނީ ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ރޭ ބޭއްވި ސަޓާ އެވޯޑު ދިނުމުގެ ހަފްލާގަ އެވެ.
މިއީ މި އެވޯޑު ވީއައިއޭގެ ލީލި ލައުންޖަށް ލިބުނު ފަސް ވަނަ ފަހަރެވެ.
We are proud to announce that the Leeli Lounge @VelanaAirport has been awarded the Leading Airport Lounge at the @SATAawards ceremony, held in Nepal. This recognition reflects our commitment to providing exceptional comfort and service to all our passengers. #GoldWinner #SATA2024 pic.twitter.com/nxiBbHHHVU
— Maldives Airports Company Ltd (@MACLmedia) September 21, 2024
ހެނދުނު 6:30 އިން ފެށިގެން އެ ދުވަހުގެ އެންމެ ފަހު ފްލައިޓް ފުރުމާ ހަމައަށް ހިދުމަތް ލިބެން ހުންނަ 150 މީހުންގެ އެ ލައުންޖުން ތަފާތު އެކި ވައްތަރުތަކުގެ ކެއުންތަކާއި އެތައް ހިދުމަތެއް ލިބެން ހުރެ އެވެ.
މި އަހަރު ސަޓާގެ 30 އެވޯޑެއް ރާއްޖެއަށް ލިބިފައިވެ އެވެ. އޭގެތެރެއިން ވިޒިޓާސް ޗޮއިސްގެ "ލީޑިން ބީޗް ޑެސްޓިނޭޝަން" އެވޯޑް ވެސް ހިމެނެ އެވެ.
މި އެވޯޑްސްގައި މި ފަހަރު ރާއްޖެއިން 15 ގޯލްޑް އެވޯޑާއި 14 ސިލްވާ އެވޯޑް ހާސިލްކޮށްފައިވެ އެވެ. އޭގެތެރޭގައި ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓެލްތަކާއި އަދި ޓޫރިސްޓުންށް ޚިދުމަތްދޭ ކުންފުނިތަކުން އެވޯޑްތައް ހާސިލްކޮށްފަ އެވެ.
މި އަހަރުގެ ސަޓާ އެވޯޑް 144 ދާއިރާއަކުން ދީފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ 51 ގޯލްޑް އެވޯޑާއި، 93 ސިލްވަ އެވޯޑެވެ. އަދި މި އެވޯޑްތަކަށް 400 އަށް ވުރެ ގިނަ ނޮމިނޭޝަން ލިބުނު އެވޯޑް އިންތިޒާމުކުރާ ހައިރައިޒް މޯލްޑިވްސް ބުންޏެވެ.