Last Updated: July 23, 22:21
Wednesday, July 23, 2025
ޚަބަރު

ދަގަނޑޭ ކަކުލުގެ އޮޕަރޭޝަނެއްކޮށްފި

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރި، އަލީ އަޝްފާގު (ދަގަނޑޭ) އިންޑިއާގައި ކަކުލުގެ އޮޕަރޭޝަނެއްކޮށްފި އެވެ.

އޭނަގެ ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓާއި، މެނިސްކަސް އަށް ލިބިފައިވާ ގެއްލުންތަަކަށް އޮޕަރޭޝަންކޮށްފައި ވަނީ ބެންގަލޫރުގެ ހޮސްޕިޓަލެއްގަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ އަދި ކުޅިވަރުން ރާއްޖެ އިން ރާއްޖެއިން ބޭރުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ދަގަނޑޭ ކަނާތު ކަކުލުގެ އޮޕަރޭޝަނެއް ކުރި އިރު، އޭނަ ކަކުލުގެ އަނިޔާއެއްގައި އުޅޭތާ ފަސް ވަރަކަށް އަހަރުވެފައިވެ އެވެ.

ދަގަނޑޭ އަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އުޅުއްވާ މުރައިދޫގޭގެ ޑިރެކްޓަ ޖެނެރަލެވެ.