Last Updated: April 26, 09:47
Saturday, April 26, 2025
ޚަބަރު

އިންޓަ-އޮފީސް ޓީޓީ މުބާރާތަށް ހުޅުވާލައިފި

އޮފީސްތަކާއި ކުންފުނިތަކާއި ރިސޯޓްތަކަށް އަމާޒުކޮށްގެން ބާއްވާ ޓީޓީ މުބާރާތަކަށް ހުޅުވާލައިފި އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ 9 ވަނަ "އިންޓަ- އޮފީސް، ކޮމްޕެނީ އެންޑް ރިސޯޓް ޓޭބަލް ޓެނިސް ޓޯނަމަންޓް" ބާއްވަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 4-10 އަށް ކަމަށެވެ.

އެހެންވެ އަންހެން އަދި ފިރިހެން ޑިވިޝަން އެކުލެވޭ ގޮތަށް ބާއްވާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކާއި ކުންފުނިތަކާއި ރިސޯޓްތަކަށް ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ވަނޫ ހުޅުވާލައިފަ އެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު 7778722 އަދި 7779140 އިން ހޯދޭނެ އެވެ.