Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މަރަދޫ ގެއެއްގެ ގުދަނެއްގައި ރޯވެ އަނދައިފި

އައްޑޫ މަރަދޫ ގެއެެއްގެ ގުދަނަކާއި ހަޓެއްގައި އަލިފާން ރޯވެ އަނދައިފި އެވެ.

އެ އަވަށު އެތުމާގޭގައި މި ހާދިސާ ހިނގާފައި ވަނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ރޭ މެންދަމު ކަރަންޓް ވެސް ކެނޑިފައި ވަނިކޮށް ފަތިހު 5:30 އެހާކަށްހާ އިރު އެވެ.

އެތުމާގޭގައި ރޯވީ ގުދަނާއި ހަޓް އާންމުންނާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ އިތުރުން ފުލުހުން ގުޅިގެން ނިއްވައިލެވުނު އިރު އެތަންތަމުގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދައިފަ އެވެ. އެތަނަކީ ގާޑިޔާ ވިޔަފާރި ހިންގަމުން އައި ތަނެކެވެ.