Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ވަގަށް ނެގި 32،000ރ. ގެ ފޯނެއް ހޯދައިފި

މާލޭގައި ސައިކަލެއްގެ ޕޮކެޓްގައި އޮއްވާ ވަގަށް ނެގި 32،000ރ. ރުފިޔާގެ ފޯނެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ވެރިމީހާ އަށް ހަނދާން ނެތިގެން ފޯނު ސައިލްގައި ބާއްވާފައި ދެވުމުން ފޯނު ވަގަށް ނެގީ ދީދި ގޯޅީގައި ސައިކަލް ޕާކްކޮށްފައި ހުއްޓައި ކަމަށެވެ. ފޯނު ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ފުލުހުން ބުނި ގޮތުގައި ފޯނު ހޯދީ ސީސީޓީވީ ފުޓޭޖް ބަލައިގެންނެވެ.

އެގޮތުން ފޯނު ވަގަށް ނެގި މީހާ ދެނެގަނެ ގަލޮޅު ޕޮލިސްގެ ފުލުހުން ކުރި މަސައްކަތުން ފޯނު ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.