Last Updated: July 14, 13:49
Tuesday, July 14, 2026
ދުނިޔެ

މި ފަހަރު ބަލިވެއްޖެ ނަމަ މިއީ ފަހު ފަހަރު

މި އަހަރު ބާއްވާ އިންތިހާބުން ބަލިވެއްޖެ ނަމަ ދެން އިންތިހާބެއްގައި ވާދަނުކުރައްވާނެ ކަމަށް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސިންކްލެއާ މީޑިއާ ގްރޫޕަށް ދެއްވި އިންޓަވިއުއެެއްގައި ޓްރަމްޕް ވިދާޅުވީ މި ފަހަރުގެ އިންތިހާބު ކާމިޔާބު ވެސް ކުރެއްވޭނެ ކަމަށެވެ. އެގޮތުން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް ބަލިކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް އިންތިހާބުން ބަލިވެއްޖެ ނަމަ 2028 ގައި އޮންނަ އިންތިހާބުގައި ވާދަކޮށްފާނެތޯ އެހުމުން ޓްރަމްޕް ވިދާޅުވީ މިއީ އޭނަގެ ފަހަރު ކަމަށެވެ.

މިއީ ރިޔާސީ އިންތިހާބަށް އޭނަ ޖެހިޖެހިގެން ވާދަކުރައްވާ ތިން ވަނަ ފަހަރެވެ. ދެހާސް ސޯޅައިގެ އިންތިހާބު ކާމިޔާބު ކުރައްވައި، ޓްރަމްޕް 2020 ގައި ދެވަނަ ދައުރަކަށް ވެސް ވާދަކުރެއްވި އެވެ.

"ވަރަށް އުންމީދު އެބައޮތް މި ފަހަރު އިންތިހާބާ މެދު." ޓްރަމްޕް ވިދާޅުވި އެވެ.

އޭނަގެ ރަނިންމޭޓަކީ މި ފަހަރު ޖޭޑީ ވޭންސް އެވެ.