އުރީދޫ އިން ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އުރީދޫން މި ޕްރޮމޯޝަން އިއުލާނުކުރީ ރޭ މިއުޒިކް ޝޯއަކާއެކު އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގެ ތެރެއިންނެވެ.
އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ މި ޕްރޮމޯޝަން ކުރިޔަށްދާނީ މި އަހަރުގެ ޑިސެންބަރުމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށެވެ.
އެގޮތުން، އުރީދޫ ކަސްޓަމަރުން 250ގެ ޕްރިޕެއިޑް ރީޗާޖު ކޮށްގެން، ނުވަތަ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލް ދައްކައިގެން، ނުވަތަ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
އުރީދޫގެ އާ ކަސްޓަމަރެއް ނަމަ، އުރީދޫގެ ހިދުމަތެއް ހޯދުމަށް 400 ރުފިޔާ ހަރަދު ކުރުމުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގައި ލިބޭ ސައިކަލުތަކުގެ ތެރޭގައި:
• އެއާ ބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
• އެއާ ބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
• ޕީސީއެކްސް160 (ކަޅު ކުލަ)
މުޅި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހޮންޑާ ރެބެލް ސައިކަލެކެވެ.
އުރީދޫއިން ބުނީ މިރެއިން ފެށިގެން މި އަހަރު ނިމެންދެން ކޮންމެ 72 ގަޑިއިރެއްގެ ތެރޭގައި ގުރުއަތު ލައިގެން ނަސީބުވެރިޔަކު ހޮވާނެ ކަމަށެވެ. އެ ގޮތުން ކޮންމެ ތިން ދުވަހަކުން އުރީދޫގެ ކޮންމެ ވެސް ކަސްޓަމަރަކަށް ސައިކަލެއް ލިބޭނެ އެވެ.