Last Updated: July 27, 10:42
Monday, July 27, 2026
ޚަބަރު

ޖަލުގައި ގައިދީއަކު މަރުވެއްޖެ

މާފުށީ ޖަލުގައި ގައިދީއަކު މިއަދު މަރުވެއްޖެ އެވެ.

މަރުވީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މާލޭ ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް، 61، އެވެ.

ކަރެކްޝަންސް އިން ބުނީ ހެނދުނު 6:52 ގައި ޣަނީގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހެނދުނު 7:21 ގައި މަރުވެފައިވާ ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށެވެ.

ޣަނީ އަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

އޭނަ މަރުވުމާ ގުޅިގެން ނިޔާވުމާ ކަރެކްޝަން އިން ވަނީ އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ފުލުހުންނަށާއި އެޗްއާރްސީއެމަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް އަންގައިފަ އެވެ.