Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ހީލަތުގެ މައްސަލައެއްގައި ހުޅުދޫ މީހަކު ހޯދަނީ

މަކަރާއި ހީލަޔް ހެދުމުގެ މައްސަލައެއްގައި އައްޑޫ ހުޅުދޫ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަނީ އެ އަވަށު ބްލޫބެލް، އަހުމަދު ފިރާގު، 49، އެވެ.

އޭނަ ހޯދަން އިއުލާންކުރީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އެހެންވެ ފިރާގްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.