އައްޑޫގައި ހިންގަމުން އަންނަ ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާގައި ޓޫރިސްޓުން ހާއްސަކޮށްގެން ހިންގަމުން އަންނަ ރަން ވިއްކާ ފިހާރަ ފަޅާލައިފިއެވެ..
"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރަން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިވަނީ ވަނީ ގިނަ އަދަދެއްގެ ސާމާން ވަގަށް ގެންގޮސްފައެވެ.
މިމައްސަލަ ގަމު ޕޮލިސް ސްޓެޝަނުން ތަހްގީގު ކުރަން ފަށާފައިވާ އިރު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
ޝަންގްރިއްލާ ރިސޯޓުގެ ޝޮޕެއް ރޭ ފަޅާލާފައިވާ އިރު އެރަށުގައި ރޭގަނޑު މަޑު ކުރަނީ މަދު ސްޓާފުން ތަކެކެވެ. "އައްޑޫލައިވް" އާއި ވާހަކަ ދެއްކި ޝަންގްރިއްލާގެ މުވައްޒަފަކު ބުނީ ރިސޯޓްގައި ރޭގަނޑު 12ގެ ފަހުން ތިބެނީ ސީނިއާ މެނޭޖްމަންޓް ސްޓާފުންނާއި، ސެކިއުރިޓީގެ އިތުރުން ބައެއް ޓްރާންސްޕޯޓް މުވައްޒަފުން ކަމަށެވެ.
ޝަންގްރިއްލާ ރިސޯޓްގެ ރަން ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވާ އިރު ދާދި ފަހުން އެ ރިސޯޓްގެ މުވައްޒަފަކު އެތަނުން 68،000 ޑޮލަރު ވަގަށް ނެގި މައްސަލައެއް ވެސް ފެންމަތިވެފައެވެ. އެ މައްސަލަ އާއި ގުޅިގެން އެ ރިސޯޓްގެ ފައިނޭންސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފޭދޫ ދިލްކަޝްނާޒް މުހައްމަދު އަރަފާތު (ސިންދް)، 25، ހައްޔަރު ކުރުމަށް ފަހު، ފަހުން ވަނީ ދޫކޮށްލައިފަ އެވެ.