ސ. މަރަދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ތެރޭގައި އަންހެން ކުއްޖާގެ ބައްޕަ އާއި އެއްބަޑު އެއްބަފާ ބޭބެ ހިމެނޭކަން ޔަގީންވެއްޖެއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އެކުއްޖާގެ ބައްޕަ 56އ، އާއި އެކުއްޖާގެ ބޭބެ 18 އަހަރު އަދި، 77 އަހަރުގެ މީހަކާއި، 81 އަހަރުގެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެކެވެ. މިއެންމެންވެސް ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރުމަށް ފޭދޫ ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ މިކަމެއް ހިނގާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި މައްސަލަ ފެންމަތިވެފައިވަނީ އެކުއްޖާގެ ދައްތަގެ ރައްޓެސަކަށް މިވާހަކަ ކިޔައިދިނުމުން ކަމަށެވެ. އަދި މައްސަލަ ސްކޫލްގެ އިސްވެރިންނަށް އެނގި މައްސަލަ ރިޕޯޓް ކޮށްފައިވަނީ އެކުއްޖާ ކިޔަވާ ސްކޫލުންނެވެ.