Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފުލުހުންގެ ދައުރަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅޭކަމުގެ ތުހުމަތުގައި މީހަކު ފާސްކުރަން އުޅުމުން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުން ހައްޔަރުކޮށްފި އެވެ.

އިއްޔެ އެ މައްސަލައިގައި މާލެ އިން ހައްޔަރުކުރީ މ. ސަލާސާ، މޫސާ ފާޒިލް، 32، އެވެ.

ފުލުހުން ބުނީ އިއްޔެގެ މެންދުރު ފަހު 2:25 ހާއިރު ހުޅުމާލެ ފުލެޓް ހަތަރެއް ކައިރިން ފާޒިލް ހިނގާފައި ދަމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ސެލޯފިންކޮޅު އެއްލާލި ތަން، އެ ސަރަހައްދި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ފާހަގަ ކުރެވިގެން ފާސްކުރަން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން އޭނަ ހުއްޓުވައި ސުވާލުކޮށް ހަށިގަނޑުޔ ޗެކްކުރަން އެދުމުން ގަދަ ހަދައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ ފާޒިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުން ބާރުގެ ބޭނުންކޮށްގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.