Last Updated: June 28, 09:20
Sunday, June 28, 2026
ޚަބަރު

14 އަހަރުގެ އަންހެންކުއްޖާ ރޭޕް ކުރި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

ސ. މަރަދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު ހައްޔަރުކޮށްފައިވަނީ 71 އަަހަރުގެ ފިރިހެނެކެވެ. މިކުއްޖާ ރޭޕް ކުރި މައްސަލާގައި އެއަންހެން ކުއްޖާގެ ބައްޕަ އާއި 18 އަހަރުގެ ފިރިހެން ކޮއްކޮވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ. އަދި 77 އަހަރާއި، 81 އަހަރު އަދި 32އަހަރުގެ މީހަކުވެސް ވަނީ ހައްޔަރުކޮށް ތަހްގީގަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެނގިފައިވާ ގޮތުގައި އަންހެންކުއްޖާ ތަފާތު ފަހަރުމަތިން ރޭޕްކޮށްފައިވާ ކަން އެކުއްޖާ ކިޔާދީފައިވަނީ އޭނާގެ ދައްތަގެ އެކުވެރިއަކަށެވެ. އަދި މައްސަލަ ފެމެލީ އެންޑް ޗިލްޑްރަންސް ސެންޓަރަށް ހުށަހަޅާފައިވަނީ އެކުއްޖާ ކިޔަވަމުން ދިޔަ ސްކޫލުންނެވެ.