Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ސައްހަ ނޫން ސްލިޕުން ވިޔަފާރި، ސަމާލުވޭ!

ބޭންކް ޓްރާންސްފާ ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ މިހާތަނަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވިފައިވާ ގޮތުގައި، އެގޮތަށް އޮޅުވާލައިގެން ބޭންކު ޓްރާންސްފަ ސްލިޕްތައް ފޮނުވާ ފަރާތްތަކުން އެކަން ކުރަނީ ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަ ނޫން ޓްރާންސްފަ ސްލިޕް އުފައްދައިގެން ކަމަށެވެ.

ހާއްސަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށް ފަހު އަގު ދެއްކުމުގެ ގޮތުން އެފަދަ ސްލިޕްތައް ފޮނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންވެ މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީން ކުރުމަށް ފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށާއި އެފަދަ ކަމެއްގެ ޝިކާރައަކަށްވެއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓް ކުރުމަށާއި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް ފުލުހުން އެދިފައިވެ އެވެ.