Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ބަޔަކު ޑީޕޯޓްކޮށްފި

ކަޅު ބާޒާތުގައި ފުޅާ ދާއިރާއެއްގައި ޑޮލަރު ވިއްކި މައްސަލައިގައި ހައްޔަރުކުރި ބިދޭސީންތަކެއް ޑީޕީޓްކޮށްފި އެވެ.'

އިމިގްރޭޝަނުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހެއްގެ ތެރެއިން ދެ މީހަކު މިހާރު ޑީޕޯޓްކޮށްފައިވާ ކަމަށެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ ވިއްކަމުން ދިޔަ މައްސަލައިގައި އެ މީހުން ހައްޔަރުކުރީ މި މަހުގެ 5 ގަ އެވެ.

އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ފެނުނު ކަމަށް އިމިގްރޭޝަނުން އޭރު ބުނެފައިވެ އެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް ހާމައެއް ނުކުރެ އެވެ.