Last Updated: May 2, 17:09
Friday, May 2, 2025
ޚަބަރު

ކޮފްސީ ސިރަޕް ވިއްކަން އަލުން ހުއްދަ ދީފި

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ވަގުތީ ގޮތުން ވިއްކުން މަނާކުރި ކޮފްސީ ސިރަޕުގައި މައްސަލައެއް ނެތް ކަމަށް ނިންމައިފި އެވެ.

އެމްއެފްޑީއޭ އިން ކެއްސާތީވެ އާންމުކޮށް ބޭނުންކޮށް އުޅޭ ކޮފްސީ ސިރަޕް ވިއްކުން ވަގުތީ ގޮތުން މަނާކުރީ އޭގައި ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިގެންނެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މާކެޓުގައި ލިބެންހުރި މި ބޭހުގެ ބެޗުތަކުގެ ސާމްޕަލް ނަގައި އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމުން، މި ބޭހުގައި މައްސަލައެއް ނެތްކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން މި ބޭސް އިމްޕޯޓުކުރުމާއި، ވިއްކުން އަދި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.