Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ފުވައްމުލަކުން ވާ މަދުކުުރަން ފަށައިފި

ފުވައްމުލަކުން ވާ މަދުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މިއީ ފުވައްމުލައް ސިޓީ ކައުންސިލާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ގުޅިގެން ކުރުއަށް ގެންދާ ޕްރޮގްރާމެކެވެ.

ފުވައްމުލަކުގައި ވާ ގިނަވެ އާންމު ފަރުދުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާތީ ފެށި ޕްރޮގްރާމުގައި، ކޮންމެ ދުވަހަކު ވެސް އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ބަޑި ޖަހައިގެން ވާ މަދުކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮގްރާމުގައ ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންނެވެ.