ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް އުރީދޫ މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ، ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ދީފި އެވެ.
އެމްއެމްއޭ އިން ބުނީ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން، ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތާއި ރެމިޓަންސް ޚިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް އިއްޔެ ދޫކޮށްފައިވާ ކަމަށެވެ.
މި ލައިސަންސް ދިނުމާ ގުޅިގެން، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް އިން މިހާރު ދެމުން އަންނަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތާއި ރެމިޓަންސްގެ ޚިދުމަތް، ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރެވިގެން ދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.