Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ވަގަށް ޑޮލަރު ބޭރުކުރަން އުޅުން މައްސަލަ ހައިކޯޓަށް

ޕާސްޕޯޓުން ނަން އޮޅުވާލައިގެން، ގިނަ އަދަދެއްގެ ޑޮލަރު ރާއްޖޭން ބޭރުކުރަން އުޅުނު އިންޑިއާ މީހާގެ ބަންދު މައްސަލަ އޭނާ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އެ މައްސަލައިގައި އަތުލައިގަތީ އަބްދުލް ރަގޫބް ނިސްތާރު ހަލީލް ރަހުމާން ކިޔާ 27 އަހަރުގެ އިންޑިއާ މީހެކެވެ. ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދު މުއްދަތު އިތުރުކޮށްފައިވާއިރު، އޭނަގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ނަމަވެސް މައްސަލައިގެ އަޑު އެހުންތައް ފަށާނެ އިރެއް އަދި ނޭނގެ އެވެ.

ރަގޫބްގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނަ އަކީ ވަރަށް ގިނައިން ރާއްޖެއަށް އައިސް، ޖެހިގެން އަންނަ ދުވަހު ފުރައިގެންދާ މީހެކެވެ. އަދި އޭނަ ހިފެހެއްޓީ ކަސްޓަމްސް އޮފިސަރުންނެވެ. ނަމަވެސް ރަގޫބްގެ އަތުން ފެނުނީ ކިހާ އަދަދެއްގެ ޑޮލަރެއް ކަމެއް ނޭނގެ އެވެ.

ދާދި ފަހުން 81،000 ޑޮލަރު ބޭރު ކުރަން އުޅުނު ބަންގްލަދޭޝްގެ މީހަކު ވެސް އަތުލައިގެންފައިވެ އެވެ.