Last Updated: August 5, 13:59
Tuesday, August 5, 2025
ޚަބަރު

ބްރިޖް ހަދާ އެފްކޮންސްގެ މުވައްޒަފަކު މަރުވެއްޖެ

ތިލަމާނެ ބްރިޖް ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފަކު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ޒަހަމްތަކަކާއެކު އޮތް މީހަކު މިއަދު ފަތިހު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމީ ހާއަކީ އެފްކޮންސްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއްކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.