Last Updated: June 11, 05:43
Thursday, June 11, 2026
ޚަބަރު

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ޕްރޮގްރާމެއް

މެލޭޝިއާގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނަށް ހާއްސަކޮށްގެން އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން "އެކުއެކީގެ" ނަމުގައި އޮރިއެންޓޭޝަން ޕްރޮގްރާމެއް ބާއްވައި ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މި ޕްރޮގްރާމުގައި މެލޭޝިއާގެ ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި ކިޔަވަމުން އަންނަ އަދި އަލަށް ކިޔަވަން ފަށާ ދަރުވަރުންނަށް ވެސް ބައިވެރިވޭނެ އެވެ.

މި އޮރިއެންޓޭޝަން ޕްރޮގްރާމުގައި ދަރިވަރުންނަށް ބޭނުންވާ ވަރަށް ގިނަ މުހިއްމު މައުލޫމާތު ފޯރުކޮށް ދޭނެ އެވެ.

އެމްބަސީން ބުނީ މި ޕްރޮގްރާމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމާއި ގުޅޭ ގޮތުން ހޭލުންތެރިކުުރުމާއި، އެކަމަށް ހައްލުތަކެއް ހޯދުމަށް އެހީތެރިވެ ދިނުން ކަމަށެވެ.

މެލޭޝިއާގައި މިހާރު ވެސް 1،800 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުން ދެ އެވެ.