Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޒުވާނުންގެ އެވޯޑް ހަފުލާ މި މަހުގެ 22 ގައި

ޒުވާނުންގެ އެވޯޑް ހަފުލާ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ބާއްވަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.

މި އެވޯޑް މި ފަހަރު 17 ދާއިރާއަކުން ދޭން ހަމަޖެހިފައިވާ އިރު، އެވޯޑަށް ނަން ހުށަހަޅަން ދިން މުއްދަތު ހަމަވީ މިދިޔަ މަހުގެ 26 އަށެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:

· ވިޔަފާރި އާއި އިގުތިސާދު
· އާޓްސް އެންޑް ކަލްޗާ: ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
· މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
· ދަރުމަވެރިކަން
· ވޮކޭޝަނަލް ޓްރެއިނިން: ދަސްކޮށްދިނުން
· ނަފިސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
· ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
· މަސްވެރިކަމުގެ ދާއިރާ
· ދަނޑުވެރިކަމުގެ ދާއިރާ
· މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
· ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
· ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
· ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
· ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
· ކުޅިވަރުގެ ދާއިރާއިން: ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތައް
· ފަންނިއްޔާތުގެ ދާއިރާ
· ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.