Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

މާލެ ސަހަރައްދުގައި އެެމްއެންޑީއެފްގެ ތަމްރީނެއް

މާލެ ސަރަހައްދުގައި އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނެއް އަންނަ ހަފުތާގައި ބާއްވަން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެ ތަމްރީނު ކުރިއަށް ދާނީ މި މަހުގެ 5-18 އަށް ކަމަށެވެ. ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައިވާ ސަރަހައްދުތަކަކީ ހުޅުމާލެ ފޭސް 3 އާއި ފަރުކޮޅުފުއްޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން ހުޅުމާލެ މެއިން ބަސް ސްޓޭޝަން (ފެރީ ޓާމިނަލް ކުރިމަތި) ސަރަހައްދުގައި ކަމަށެވެ.

އެ ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ތަމްރީނުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވާނެ އެވެ. ނަމަވެސް، ލައިވް ވަޒަނާއި ގޮވާ ޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.