Last Updated: July 14, 13:49
Tuesday, July 14, 2026
ދުނިޔެ

ސިންގަޕޫރްގެ ކުރީގެ މިނިސްޓަރަކު ޖަލަށް

ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ ސިންގަޕޫރްގެ ކުރީގެ މިނިސްޓަރަކު 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އެ ހުކުމް އައިސްފައި ވަނީ ސުބްރަމާނިއަމް އީސްވަރަން، 62. ގެ މައްޗަށެވެ. އޭނަ އަކީ ސިންގަޕޫރްގެ ޓްރާންސްޕޯޓް މިނިސްޓަރުކަމާއި ކޮމިއުނިކޭޝަން މިނިސްޓަރުކަމާއި ޓްރޭޑް އެންޑް އިންޑަސްޓްރީގެ އިތުރުން ވެސް ކެބިނެޓްގެ ސީނިއާ މިނިސްޓަރެއްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

ދެހާސް އެކާވީހުން ފެށިގެން މި އަހަރުގެ ޖެނުއަރީއާ މަހާ ހަމައަށް އީސްވަރަން ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އިރު މަގާމުގެ ބޭނުން ނާޖާއީޒު ގިޮތުގައި ހިފައި ބާރާއި ނުފޫޒު ބޭނުންކޮށްގެން އަގުބޮޑެތި ހަދިޔާތަކެއް ވެސް ހޯއްދަވާފައިވެ އެވެ.

އެކަމާ ގުޅިގެން އޭނަގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރަން ފަށާނީ މި މަހުގެ 7 އިން ފެށިގެންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރުކަމުގެ ހުންނަވައިގެން އިޝްވަރަން ވަނީ ހަދިޔާގެ ގޮތުގައި ޕްރައިޓް ޖެޓް ދަތުރުތަކާއި ފޯމިއުލާ 1 ގެ ޓިކެޓާއި އަގުބޮޑު ބަނގުރަލާއި އެ ނޫން ވެސް އެތައް އެއްޗެއް ހަދިޔާގެ ގޮތުގައި ހޯއްދަވައިފަ އެވެ. އަދި ހަދިޔާގެ ގޮތުގައި ހޯއްދެވި ތަކެތީގެ އަގު 311,882 އެމެރިކާ ޑޮލަރަށް އަރަ އެވެ.