Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ހުޅުވާލައިފި

އަސްމާ ޝަފީއު

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ފުރުސަތު ހުޅުވައިލީ މި މަހުގެ 16 އާ ހަމަަށެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މިހާރު ހުންނެވީ އަސްމާ ޝަފީއު އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ އޮކްޓޯބަރު 1، 2019 ގަ އެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ ދައުރަކީ ފަސް އަހަރެވެ. އެހެންވެ އެ މަގާމަށް މީހަކު ހޯދަން އިއުލާންކުރީ އަސްމާގެ ދައުރު މި މަހު ހަމަވާތީ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މިހާރު ހުންނެވީ މި ސަރުކާރުން އައްޔަންކުރި ހަސަން ޒަރީރެވެ.