Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފުލުހުންގެ އޮންލައިން ހިދުމަތްތައް މެދުކެނޑިއްޖެ

ފުލުހުންގެ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އިންޓަނެޓް މެދުވެރިކޮށް ދެމުން އައި ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.

އެތަނުން ބުނީ މައްސަލަ ހައްލު ކުރަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ދިނުމަށްޓަކައި ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓްތައް ގާއިމުކޮށް، ފުލުހުންގެ މައި އިދާރާއާ އެތަންތަން ގުޅާލާފައިވެ އެވެ.