Last Updated: August 25, 16:55
Monday, August 25, 2025
ޚަބަރު

ޒިކްރާ މިސްކިތް ކައިރިން އެކްސިޑެންޓެއް ހިނގައިފި

ޒިކްރާ މިސްކިތް ކައިރިން ހިނގި އެކްސިޑެންޓް: ފޮޓޯ: އަލީ ޝާން، އައްޑޫލައިވް

ސ.ހިތަދޫގައި ހުންނަ ޒިކްރާ މިސްކިތް ކައިރިން ސައިކަލަކާއި ފަޔާރ ލޮރީ ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ އަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ސައިކަލަށް ވަނީ ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފައެވެ.

މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ޕާކް ކޮށްފައި ހުރި ސައިކަލެއް މަގަށް ނެރެން އުޅެނިކޮށް ސައިކަލް ހިތަދޫ ފަޔާރ ސްޓޭޝަންގެ ލޮރީގައި ޖެހިގެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ އެކްސިޑެންޓް ހިނގާފައިވަނީ ހުކުރު ނަމާދަށް ދިޔަ ފަޔާރ ސްޓޭޝަންގެ ބައެއް މުވައްޒަފުން ގޮވައިގެން ދަނިކޮށެވެ.