Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ރައީސް އިންޑިއާ އަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން މިއަދުން ފެށިގެން މި މަހުގެ 10 އަށް އިންޑިއާ އަށް ކުރައްވާ މި ދަތުރަކީ އެ ގައުުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރެކެވެ.

ރައީސްގެ މި ދަތުރުގައި އިންޑިއާގެ ރައީސާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އިތުރުން އެ ޤައުމުގެ އިސް ވެރިންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައިސްކަމާ ހަވާލުވެވަޑައިގަތް ފަހުން ރައީސް އިންޑިއާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރެވެ. ނަމަވެސް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މޯދީ ވެރިކަމުގެ ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް އެ ގައުމަށް ވަޑައިގެންނެވި އެވެ.