ހދ.ނޭކުރެންދޫގައި ފެނަކައިން އަޅަމުންދާ އާ އޮފީސް އިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިިއްޖެ އެވެ.
ފެނަކަ އިން ބުނީ އެ އިމާރާތުގެ 70 ޕަސެންޓް ނިމިފައިވާއިރު މިހާތަނަށް ނުނިމި ހުރި ބައެއް މަސައްކަތްތަކަކީ، ދޮރުތައް ހަރުކުރުން، މުށިޖެހުން އަދި ކުލަލުން ފަދަ މަސައްކަތްތައް ކަމަށެވެ.
ޒާމާނީ ފެންވަރަށް ތަަރައްޤީ ކުރާ މި އިމާރާތް ޤާއިމްކުރަނީ، ޖާގަ ތަނަަސް އޮފީސް ޖާގައިގެ އިތުރުން، ޕޭންޓްރީއަކާއި، އަންހެނުންނަށާއި ފިރިހެނުންނަށް ޚާއްސަކޮށްފައިވާ ވަކި ފާހަނަތަކެއް ހިމެނޭ ގޮތަށް ކަމަށް ފެނަކަ އިން ބުނެ އެވެ. މީގެ އިތުރުން އޮފީހަށް އެކަށީގެންވާ ސްޓާފް މީޓިން ރޫމެއްވެސް މި އިމާރާތުގައި ހިމެނޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ފެނަކަ އިން ބުނީ ޓެކްނިކަލް މުވައްޒަފުންނާށާއި އެޑްމިނިސްޓްރޭޓިވް މުވައްޒަފުންނަށް އެކޮމޮޑޭޓް ކުރެވޭނެ ޖާގަ ހިމެނޭ މި އޮފީސް އިމާރާތާއެކު ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި މިހާރަށްވުރެ ލުއިފަަސޭހަ ވެގެންދާނެ ކަމަށެވެ.
އަމިއްލަ ފަރާތަކާ ކޮންޓްރެކްޓް ކުރެވިގެން ކުރިއަށްދާ މި މަސައްކަތް، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަކީ އަމާޒެއް ކަމަށް ފެނަކައިން ބުނެ އެވެ.