Last Updated: July 14, 13:49
Tuesday, July 14, 2026
ދުނިޔެ

އެމިރޭޓްސް އަށް ވޯކީޓޯކީ އާއި ޕޭޖަރު މަނާކޮށްފި!

އެމިރޭޓްސް އެއާލައިންގައި ދަތުރުކުރާ މީހުން ވޯކީޓޯކީ އާއި ޕޭޖަރު އުފުލުން އެ އާލައިނުން މަނާކޮށްފި އެވެ.

އެފަދަ އާލަތްތަކެއް ދަތުކުރާ އިރު އުފުލުން ދުނިޔޭގެ އެންމެ މަގޫބުލު އެއް އެއާލައިނުން މަނާކުރީ ސަލާމަތީ ސަބުތަކަކަށްޓަކަ އެވެ. އަދި މިގޮތަށް ނިންމީ މިދިޔަ މަހުގެ ތެރޭގައި ލުބްނާންގައި ޕޭޖަރުތަކެއް ގޮވައި 37 މީހަކު މަރުވެ، އެ ހާދިސާތަކުގައި 3،000 އެއްހާ މީހުން ޒަހަމް ވެސް ވުމާ ގުޅިގެންނެވެ.

އެމިރޭޓްސްގައި ދަތުރުކުރާ އިރު އެފަދަ ޑިވައިސްތައް ދަތުރަށް އެރުވުން މަނާކޮށް ނެރުނު ނަޔާނެއްގައި ބުނީ އެފަދަ އާލާތެއް ޕެޖެންސަރުންގެ އަތުން ފެނިއްޖެ ނަމަ ހިފަހައްޓައި، އެ ތަކެތި ދުބާއީ ފުލުހުންނާ ހަވާލުކޮށް ނައްތައިލާނެ ކަމަށެވެ.

ލުބްބާންގައި ހިނގި އެ ހިތާމަވެރި ނުރައްކާތެރި ހާދިސާއާ ގުޅިގެން އެމިރޭޓްސްގެ ދަތުރުތައް ވެސް އެ ގައުމަށް ވަނީ މި މަހުގެ 15 އާ ހަމައަށް މެދުކަނޑާލައިފަ އެވެ.