Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ސީ-ޓު-އެއާ ކާގޯ ހިދުމަތާ އެމިރޭޓްސް ގުޅިއްޖެ

ރާއްޖޭގައި ކުރިއަށް ގެންދާ ސީ-ޓު-އެއާ ކާގޯ ޚިދުމަތާ އެމިރޭޓްސް އެއާލައިނުން ވެސް ގުޅިއްޖެ އެވެ.

މި ހިދުމަތަކީ ކަނޑުމަގުން މުދާ ރާއްޖެ ގެނެސް، ވައިގެ މަގުން އެކި މަންޒިލްތަކަށް އަވަހަށް ފޮނުވައިދޭ ޚިދުމަތެކެވެ.

މި ދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން އެމްއެސްއެސް) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީލް) އިން ބައިނަލްއަގުވާމީ އެއާލައއިންތަކާ ގުޅިގެން ފުޅާ ކުރަމުން އަންނަ ހިދުމަތެކެވެ. ފަށާފައިވާ ޚިދުމަތެކެވެ.

މި އަހަރުގެ މާޗްގައި ފެށި ސީ-ޓު-އެއާ ކާގޯގެ ހިދުމަތާ ކުރިން ގުޅިފައިވާ ދެ އެއާލައިނަކީ ޓާކިޝް އެއާލައިނާއި ގަތަރު އެއާވޭސް އެވެ.