ފެނަކައިން ޖެނެރޭޓަރުތައް ގަންނަން ބިޑަށް ހުޅުވާލައިފި އެވެ.
ފެނަކަ އިން އިއުލާންކޮށްފައިވަނީ 250 ކިލޯވޯޓާއި 1600 ކިލޯވޯޓާއި ދެމެދުގެ ޖެނެރޭޓަރު ސެޓު ހޯދުމަށެވެ. މިކަމަށް އަގު ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.
މަސައްކަތުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 5،000 އާއި 3،000 ޔޫއެސް ޑޮލަރު ނުވަތަ އެދަދަށްވާ ފައިސާ ރުފިޔާ އިން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ބިޑް ސެކިއުރިޓީ ހުށަހަޅާނީ އަންދާސީ ހިސާބު ހުށަހަޅާ ކުންފުނީގެ ނަމުގައި ކަމަށާއި އަންދާސީ ހިސާބު ބާތިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެ ކަމަށްވެސް އިއުލާންގައިވެ އެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 ގެ ނިޔަލަށް ވަނީ ދީފަ އެވެ.
ފެނަކައިން ބުނީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށް ލިބޭނެ ކަމަށެވެ.
ފެނަކައަށް ގަންނަން ބޭނުންވާ ޖެނެރޭޓަރު ސެޓުތައް:
1600 ކިލޯވޮޓުގެ 2 ޖެނެރޭޓަރު ސެޓް
800 ކިލޯވޮޓުގެ 5 ޖެނެރޭޓަރު ސެޓް
1200 ކިލޯވޮޓުގެ 5 ޖެނެރޭޓަރު ސެޓް
400 ކިލޯވޮޓުގެ 6 ޖެނެރޭޓަރު ސެޓް
1000 ކިލޯވޮޓުގެ 6 ޖެނެރޭޓަރު ސެޓް
250 ކިލޯވޮޓުގެ 7 ޖެނެރޭޓަރު ސެޓް
600 ކިލޯވޮޓުގެ 8 ޖެނެރޭޓަރު ސެޓް