މަގާމާ ހަވާލުވެޑައުގަތްތާ ހަފުތާއެއްގެ ތެރޭގައި މެކްސިކޯގެ ސިޓީއެއްގެ މޭޔަރަކު މަރާލައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނު މެކްސިކޯގެ ސްޓޭޓެއް ކަމަށް ގުއެރެރޯގެ ޗިލްޕަންޝިންގޯގެ މޭޔަރު އަލެޖެންދުރޯ އާކޯސް އިއްޔެ މަރުވެފައި އޮއްވައި ފެނުނީ އިއްޔެ އެވެ. ނަމަވެސް އޭނަގެ މަރާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެކަމަކު އަލެޖެންދުރޯ، 43، މަރާލީ ގޭންގަކުން ކަމަށް ވަރަށް ބޮޑަށް ބެލެވޭތީ މިކަމާ ހާއްސަ ތަގުގީގެއް ފުލުހުން ވަނީ ފަށައިފަ އެވެ.
މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ ނުރައްތެރިކަން ބޮޑު ސިޓީގެ މޭޔަރު މަގާމު ހުވާކުރެއްވިތާ ހަ ދުވަހުގެ ތެރޭގައި މަރާލި އިރު، މީގެ ތިން ދުވަސް ކުރިން ސްޓޭޓްގެ އާ ސަރުކާރުގެ ސެކްރެޓަރީ ފްރާންސިސްކޯ ޓަޕިއާ ވެސް ވަނީ މަރާލައިފަ އެވެ.

މިކަމާ ކަންބޮޑުވުން ފާޅުކުރައްވައި ގުއެރެރޯގެ ގަވަރުނަރު އެވެލީން ސަލްގަޑޯ ވިދާޅުވީ މިފަދަ މަރުތަކަކީ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަން ޖެހޭ މައްސަލަތަކެއް ކަމަށެވެ.
ގުއެރެރޯ އަކީ މެކްސިކޯގެ ކުށުގެ އެންމެ ބޮޑު އެއް ހާއްޔެވެ. މިދިޔަ ޖޫން މަހު މެކްސިކޯގައި ބޭއްވި އިންތިހާބުގެ ފަހުން އެތަނުގައި ސަރުކާރުގެ ހަ އޮފިޝަލަކު މަރާލާފައިވެ އެވެ.