ހިތަދޫ ސަރަހައްދީ ބަނދަރާއި ދިމާލުން ހިއްކާފައިވާ ބިމުން ހިތަދޫ ޕޯޓްސް ލިމިޓެޑް (އެޗްޕީއެލް)އަށް ބިން ދެވެން ނެތްކަމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެެވެ.
އެޗްޕީއެލްއިން ބަނދަރު ސަރައްހަދުން ބިން ހޯދުމަށް ކައުންސިލަށް އެދުމާއި ގުޅިގެން ކައުންސިލްގެ 11 ވަނަ ބައްދަލުވުން ބިން ނުދޭން ނިންމީ އެކުންފުނި ހިންގަމުން އަންނަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ދަށުން ކަމަށް ވާތީއެވެ.
ކައުންސިލުން ބުނީ ހިތަދޫ ޕޯޓް ހިންގުމަށް ބޮޑެތި ބަދަލު އައިސްފައިވާ ކަމަށާއި މިހާރު ޕޯޓް ހިންގަމުން ދަނީ އެމްޕީއެލްގެ ދަށުން ކަމަށްވެފައި ކައުންސިލާއި މި ފަރާތްތަކާ އެކު ކުރެވިފައިވާ މަޝްވަރާތަކުގެ މައްޗަށް ބަލައި އެމްޕީއެލްގެ ވިސްނުމާއި އެޗްޕީއެލްގެ ވިސްނުން ތަފާތުކަން ފާހަގަ ކުރެވޭތީ މި މައްސަލަަށް ބަލައި ނުގަތުމަށް ކައުންސިލުން ނިންމީ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޕީއެލް އިން ބަނދަރު ސަރަހައްދުން ބިން ހޯދުމަށް އެދިފަިއވަނީ އެތެރެ ކުރާ މުދާ ރައްކާ ކުރުމަށް ގުދަނެއް އިމާރާތް ކުރުމަށެވެ.