Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

"މޭޑް އިން ފުވައްމުލައް" ލޭބަލަށް ހުުޅުވާލައިފި

"މޭޑް އިން ފުވައްމުލައް" ލޭބަލްގެ ދަަށުން ފުވައްމުލަކުގައި އުފައްދާ ތަކެތި ވިއްކަން ޝައުގުވެރިވާ ފަރަތްތަކަށް އެ ފުރުސަތު ފުވައްމުލަކު ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 17 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރީވާނީ މި ލިންކް https://forms.office.com/r/DUqWXps4eW މެދުވެރިކޮށެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު 7487911 އިން ހޯދޭނެ އެވެ.

"މޭޑް އިން ފުވައްމުލައް" ލޭބަލް އަކީ ފުވައްމުލަކުގައި ތައްޔާރުކުރާ އަމިއްލަ އުފެއްދުންތައް ކުރިއަރުވައި މާކެޓް ކުރުމަށް ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ ކުރިން ފުވައްމުލަކުން އަލަ ޗިޕްސް މާކެޓަށް ނެރެފައިވެ އެވެ.