Last Updated: August 3, 12:02
Sunday, August 3, 2025
ޚަބަރު

މާފުއްޓަށް އެމްއައިބީގެ އޭޓީއެމް ސެންޓަރެއް

ކ. މާފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

އެތަން ހުޅުވައިދެއްވީ އެމްއައިބީގެ ސީއީއޯ/އެމްޑީ މުފައްދަލް އިދްރިސް ކުމްރީގެ އިތުރުން މާފުށީ ކައުންސިލްގެ ރައީސް ހުސެއިން ސޮލާހެވެ.

އެމްއައިބީން ބުނީ އެ އޭޓީއެމް ސެންޓަރުން ދިވެހި ރުފިޔާ އާއި ޑޮލަރު ވެސް ނެގޭނެ ކަމަށާއި ފައިސާ ޖަމާ ކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

މާފުއްޓަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ގެސްޓް ހައުސް ވިޔަފަރީގައި އެންމެ މަޝްހޫރު ރަށެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށަށް އަހަރެއްގެ މައްޗަށް 200،000 އެއްހާ ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ.