Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރައީސް ބެންގަލޫރަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ބެންގަލޫރަށް ވަޑައިގެންފި އެވެ.

އެ ސިޓީ އަށް ކުރައްވާ ދަތުރުގެ ތެރެއިން ބެންގަލޫރްގައި ބާއްވާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ރައީސް އިއްޔެ މުމްބާއީ އާއި އާގްރާ އަށް ވަޑައިގެންނެވި އެވެ.

ރައީސްގެ މި އިންޑިއާ ދަތުރަކީ އެ ގައުމުގެ ރައީސް ދުރޯޕަޅީ މުރްމޫގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މި މަހުގެ 6 ގައި ފެށި ދަތުރު ނިންމައިލާނީ މާދަމާ އެވެ.

މިއީ ވެރިކަމަށް ވަޑައިގަތް ފަހުން ރައީސް އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.