Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ފުނަދޫ އެއާޕޯޓްގެ ދަތުރުތައް މެދުކަނޑާލައިފި

ށ. ފުނަދޫ އެއާޕޯޓްގެ ހުރިހާ ދަތުރުތެއް މިހާރު މެދުކަނޑާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

ގައުމީ އެއާލައިނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއާޕޯޓްގެ ހުރިހާ ދަތުރުތަކެއް މެދުކަނޑާލީ އެއާޕޯޓްގެ ޓެކްނިކަލް މައްސަލަތަކަކާ ހެދި ކަމަށެވެ. އަދި މިކަމާ ހެދި ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް ވެސް އެދޭ ގަމަށް އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އޮޕަރޭޓް ކުރަމުން އަންނަ މޯލްޑިއަނުން ބުންޏެވެ.

ފުނަދޫ އެއާޕޯޓަކީ 2020 ގައި ހުޅުވި އެއާޕޯޓެކެވެ.