Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ތިން ކިލޯގެ ޑްރަގްސް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރި 3.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އަތުލައިގަތީ 2.4 ކިލޯގެ ކޮކެއިން އާއި 1.04 ކިލޯގެ ހެރޮއިން ކަމަށެވެ. ކޮކެއިން އަތުލައިގަތީ މިދިޔަ ހޮނިހިރުގައި ބްރެޒިލް އިން ރާއްޖެ އައި އެ ގައުމުގެ 33 އަހަރުގެ އަންހެނެއްގެ ލަގެޖުން ކަމަށާއި އޭގެ މޫނުމަތީ އަގު ހަ މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެތަނުން ބުނީ ހެރޮއިން އަތުލައިގަތީ ޕޯސްޓް މެދުވެރިކޮށް މިދިޔަ ހޯމަ ދުވަހު ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އޭގެ އަގު އެއް މިލިއަން ސާޅީސް ހާހަށް އަރާނެއެވެ.

މި މައްސަލައިގައި ބްރެޒިލްގެ އަންހެން މީހާއާއި ޕޯސްޓް ޕެކޭޖު ބަލައިދިޔަ 40 އަހަރުގެ ފިރިހެނަކު ފުލުހުންނާ ހަވާލުކޮށްފައިވެ އެވެ.