Last Updated: June 10, 17:47
Wednesday, June 10, 2026
ޚަބަރު

ޕިކަޕް ބެޓެރި ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

ޕިކަޕްތަކަކުން 12 ބެޓެރީ ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:45 އެހާކަށްހާއިރު، މާލޭގެ ފަރީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާ މެދު ތުހުމަތު ކުރެވިގެން ބަލާ ފާސްކުރުމުގެ ތެރޭގައި ޕިކަޕުގެ ބެޓެރިކަތަކެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އައްޑޫ މަރަދޫފޭދޫ މާކަރީ ލައިޓް، އަލީ އަހުސަން، 32، އާއި އައްޑޫ ފޭދޫ އަނަސް، މުހައްމަދު ނީޒާދު، 43، އެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.