Last Updated: July 17, 15:06
Friday, July 17, 2026
ޚަބަރު

މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަނީ

މޯލްޑިވިއަން އޭޓީއާރް މަރުކާގެ ބޯޓެއް ގަން އެއާޕޯޓުގައި / ފޮޓޯ: އައްޑޫލައިވް

މޯލްޑިވިއަން އިން ގއ. ކޫއްޑު އެއާޕޯޓަށް ދަތުރުތައް ކުރުން ހުއްޓާލަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން މިގޮތަށް ނިންމީ ކޫއްޑު އެއާޕޯޓުގެ ރަންވޭގެ ފެންވަރު ދަށްވުމާ ގުޅިގެން އެ އެއާޕޯޓަށް ދަތުރު ކުރުން މިހާރު ރައްކާތެރި ކަމަށް ނުފެންނާތީ އެވެ.

އެގޮތުން މާދަމާ އިން ފެށިގެން ކޫއްޑޫ އަށް ދަތުރުތައް ހުއްޓާލަން މޯލްޑިވިއަން އިން ވަނީ ނިންމާފަ އެވެ.

ކޫއްޑޫ އެއާޕޯޓަށް ދަތުރުކުރުން ހުއްޓާލަން ނިންމާފައިވާއިރު، މޯލްޑިވިއަން އިން މިއަދު ވަނީ ޓެކްނިކަލް މައްސަލައަކާ ހުރެ ށ. ފުނަދުއަށް ކުރަމުން އައި ދަތުރުތައް ވެސް މެދުކަނޑާލާފަ އެވެ.