Last Updated: July 17, 15:06
Friday, July 17, 2026
ޚަބަރު

މޯލްޑިވިއަން އިން ފުނަދުއަށް އަލުން ދަތުރުތައް ފަށައިފި

ށ. ފުނަދުއަށް މޯލްޑިވިއަން އިން ކުރާ ދަތުރުތައް އަލުން ފަށައިފި އެވެ.

މޯލްޑިވިއަން އިން މިއަދު ފުނަދު އަށް ދަތުރުތައް މެދުކަނޑާލީ ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެންނެވެ. އެ މައްސަލަ ހައްލުކޮށް މިހާރު އަލުން އެ އެއާޕޯޓަށް ދަތުރުތައް ފަށާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގާ ފުނަދު އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިނަކީ މޯލްޑިވިއަން އެވެ.

ފުނަދޫ އެއާޕޯޓަކީ 2020 ގައި ހުޅުވި އެއާޕޯޓެކެވެ.