Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ހޯރަފުށީގައި ގެސްޓްހައުސްތަކެއް ހިންގަން ހުޅުވާލައިފި

ހއ. ހޯރަފުށިގައި ގެސްޓްހައުސްތަކެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ޓޫރިޒަމް ޒޯނުން ދެ ބިމެއް ގެސްޓްހައުސް ހިންގަން ކުއްޔަށް ދޫކުރަން ނިންމާފައިވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީ ކުރާނީ މި ލިންކް https://forms.gle/N62US8sxayqnLZCM8 މެދުވެރިކޮށެވެ. ރަޖިސްޓްރީވާނީ މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯރަފުށީގެ ކައުންސިލްގެ މި މެއިލް [email protected] މެދުވެރިކޮށް ހޯދޭނެ އެވެ.

ހޯރަފުށީ ކައުންސިލުން ބުނީ ރަށުގެ ޓޫރިޒަމް ޒޯނުގައި ދެ ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ފުރުސަތު ދޭން ނިންމާފައި ވަނީ ރަށުގެ ލޭންޑް ޔޫޒް ޕްލޭންގެ ދަށުންނެވެ.

ހޯރަފުއްޓަކީ މިހާރު އެއާޕޯޓަށް ވެސް އޮންނަ ރަށެކެވެ.