Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ހައްޖު ކޯޕަރޭޝަން އެމްޑީގެ ނަމުގައި ސްކޭމް ކޯލްތަކެއް!

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްްމަދު ޝަކީލްގެ ނަމުގައި ފައިސާ ހޯދަން ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވުމަށް އޭނަ އިލްތިމާސް ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި، ޝަކީލު ވަނީ އޭނަގެ ނަމުގައި ކޯލްކުރާ މީހާގެ ނަމާއި ފޯނު ނަންބަރު ވެސް ހިއްސާ ކުރައްވާފައިވެ އެވެ. އަދި އެ ނަންބަރުން ގުޅައި އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށް ސްކޭމް ކޯލްތަކެއް ހޯދަން މަސައްކަތްކުރާތީ އާންމުން އެކަމަށް ސަމާލުވަށް އެދިވަޑައިގެންފައިވެ އެެވެ.

"އަޅުގަނޑުގެ ފަރާތުން ކަމަށް ބުނެ އެއްވެސް ފަރާތަކުން ފައިސާ ހޯދުމަށް ކުރާ ފޯން ކޯލްތަކަށް އިޖާބަ ނުދިނުމަށް ދަންނަވަން."
ޝަކީލް ވިދާޅުވި އެވެ.

އެ މައްސަލަ ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

ރާއްޖޭގައި ފަހަކަށް މަކަރާއި ހީލަތް ހަދައި އޮޅުވާލައިގެން މީހުންގެ އަތުން ފޭރޭ މައްސަލަ ވަރަށް ބޮޑެވެ. އެގޮތުން އެކިއެކި މުއައްސަސާތަކުގައި ސްކޭމްތައް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެެ.