Last Updated: July 17, 15:06
Friday, July 17, 2026
ޚަބަރު

ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ ސަބަބުން ދެ ބޯޓަކަށް ގެއްލުންވި

ގއ. ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ ހާލަތުގެ ސަބަބުން މޯލްޑިވިއަންގެ ދެ ބޯޓަށް ގެއްލުންވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ކޫއްޑު އެއާޕޯޓުގެ ރަންވޭގެ ފެންވަރު ދަށްވުމާ ގުޅިގެން އެ އެއާޕޯޓަށް ދަތުރުތައް ކުރުން މޯލްޑިވިއަނުން މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

މިކަމާ ގުޅިގެން މިނިސްޓަރު އަމީން ވިދާޅުވީ، މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގު މުއްދަތެއްގައި އެއަރޕޯރޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ލިބުނު ގެއްލުމާއި ގުޅިގެން ކަމަށެވެ.

އަދި އެ ވުޒާރާގެ އިސް ނެގުމާއެކު، ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއަރޕޯޓް އޮޕަރޭޓަރ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އަަމީން ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއަރޕޯޓް އާންމު ހާލަތަށް ގެނެވޭނެ،". އޭނާ ވިދާޅުވި އެވެ.