Last Updated: July 17, 15:06
Friday, July 17, 2026
ޚަބަރު

ސްޓެލްކޯގެ 469 މުވައްޒަފަކަށް ލީޑަޝިޕް ޕްރޮގްރާމެއް

ސްޓެލްކޯގެ 469 މުވައްޒަފުން ލީޑަޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ލީޑަޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްގެ 9 ވަނަ ބެޗުގައި ބައިވެރިވި 51 މުވައްޒަފުން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެއާއެކު މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަދަދު 469 އަށް އަރާފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯ އިން ވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުން މި ތަމްރީނު ފުރިހަމަ ކުރުމަށް އަމާޒު ހިފާފަ އެވެ. މި ތަމްރީނު ކުރިއަށް ގެންދިއުމުގައި އެމްއެންޑީއެފުން ދެމުންގެންދާ އެހީތެރިކަމަށް ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ސްޓެލްކޯގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ކުންފުނީގެ ހުރިހާ ލެވެލެއްގެ މުވައްޒަފުންގެ ކިބައިގައި ލީޑާޝިޕް ހުނަރު ހުރުމަކީ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.